ޙަދީޘް ކޯސް ލެވެލް 1 އަދި 2: ކޯހާއި ގުޅޭ މަޢުލޫމާތާއި ރަޖިސްޓްރޭޝަން
މަހަލްދީބް ފައުންޑޭޝަންގެ ޙަދީޘް ކޯސްތަކަކީ އާންމުންނަށް ހަދީޘް ޢިލްމު އުގަންނައިދީ އެ ޢިލްމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ. މި ކޯހުގެ ލެވެލް 1 ގައި ޙަދީޘް ޢިލްމުގެ އަސާސީ ބައިތަކަށް އަލިއަޅުވައިލެވިގެންދާނެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ 21 ޙަދީޘްއެއް ޝަރަހަކުރެވިގެންދާނެއެވެ. އަދި ހަދީޘް ކޯސް ލެވެލް 2 ގައި އިސްލާމީ ޝަރީޢަތުގެ ތަފާތު މުހިންމު މަޢުޟޫތަކަށް އަލިއަޅުވާލާފައިވާ އިތުރު 21 ހަދީޘަކަށް ބަލައިލެވިގެންދާނެއެވެ. މި ދެ ކޯސްވެސް ނިންމާ ފަރާތްތަކަށް ކޯހުގައި ބައިވެރިވި ކަމުގެ މަހަލްދީބް ފައުންޑޭޝަންގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ކޯހުގެ ލެވެލް 1 ނަގައިދެއްވަވާނީ ކޯހުގެ ލެވެލް 1 ގެ އިތުރު ބެޗެއްވެސް ކުރިޔަށްގެންދަވާފައިވާ ޝެއިޙް މުހައްމަދު ޝާހިދެވެ. އަދި ކޯހުގެ ލެވެލް 2 ނަންގަވައިދެއްވާނީ ޝެއިހް މުހައްމަދު އާދިލްއެވެ.
6މަހުގެ މުއްދަތަކަށް ކުރިޔަށްދާ މިކޯސްތަކުގެ ލެވެލް 1 ގެ ކާލްސްތައްވެސް އަދި ލެވެލް 2 ގެ ކްލާސްތައްވެސް ކުރިޔަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރޭ 20:30 - 21:30 އަށެވެ. ކޯހާއިގުޅޭ މަޢުލޫމާތުތަކާއި އަދި ކޯހާއި ގުޅޭ އިޢުލާނުތައް ހިއްސާކުރުމަށް 2 ކޯހުގައި ބައިވެރިވެލައްވާ ފަރާތްތަކަށްވެސް ވަކި ޓެލެގްރާމް (Telegram) ޤުރޫޕެއް ހެދިގެންދާނެއެވެ. އަދި 2 ކޯހުގެ ކްލާސްތައްވެސް ކުރިޔަށްދާނީ މައިކްރޮސޮފްޓް ޓީމްސް (Microsoft Teams) މެދުވެރިކޮށެވެ. މި ކޯހުގެ އޮރިއެންޓޭޝަނާއި ކްލާސްތައް ޖެނުއަރީ މަހުގެ ކުރީކޮޅު ފެށުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތައްވެސް ރަޖިސްޓްރޭޝަންގެ ކަންކަން ވީއެންމެ އަވަހަކަށް ނިންމެވުން އެދެމެވެ.
ކޯހުގެ ފީއަކީ ކޮންމެ މަހަކު 150 ރުފިޔާއެވެ. ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ކޯހުގެ ޖާގަ ޔަޤީންކޮށްލުމަށްޓަކައި ޖެނުއަރީ މަހުގެ ފީ ދައްކާލަންޖެހިލައްވާނެއެވެ. ރެޖިސްޓާރކުރުމަށްފަހު މިކަމާ ގުޅޭ ޙާއްސަ މެސެޖެއް ރަޖިސްޓާރކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ފޯމް ފުރުމަށްޓަކައި ތިރީގައިވާ "Next" ބަޓަނަށް ފިއްތާލައިގެން ކުރިޔަށްގެންދެވޭނެއެވެ.
މިފޯމު ފުރުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނަމަ އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ 9850133 އަށް ގުޅުއްވުން އެދެމެވެ.