ތަފްސީރު ލެވެލް 1: ކޯހާއި ގުޅޭ މަޢުލޫމާތާއި ރަޖިސްޓްރޭޝަން
މަހަލްދީބް ފައުންޑޭޝަންގެ ތަފްސީރު ލެވެލް 1 ކޯހަކީ ޤުރުޢާނުގެ އެކި ސޫރަތްތަކުގެ ތަފްސީރާއި ގުޅޭ މަޢުލޫމާތާއި ޢިލްމު ފޯރުކޮށްދިނުމަށްޓަކާ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ޢުޙްތުންނަށް ޚާއްޞަކޮށް ކުރިޔަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ތަފްސީރު ޢިލްމަކީ ކޮބައިކަމާއި ޤުރުޢާނުގެ 30 ވަނަ ފޮތުގައިވާ ސޫރަތްތަކުގެ ތެރެއިން ސޫރަތުއް ޟުޙާއިން ފެށިގެން ސޫރަތުން ނާސިގެ ތަފްސީރަށް ބަލާލެވިގެންދާނެއެވެ. އަދި މިކޯސް ނިންމާ ފަރާތްތަކަށް ކޯހުގައި ބައިވެރިވި ކަމުގެ މަހަލްދީބް ފައުންޑޭޝަންގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ކޯސް ނަގައިދެއްވަވާނީ ކޯހުގެ ލެވެލް 1 ގެ އިތުރު ބެޗެއްވެސް ކުރިޔަށްގެންދަވާފައިވާ ޝެއިޙް ޢަބްދުﷲ އާމިރުއެވެ.
6 މަހުގެ މުއްދަތަކަށް ކުރިޔަށްދާ މިކޯސްގެ ކާލްސް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހުގެ ރޭ 21:00 އިން 22:30 އަށެވެ. ކޯހާއިގުޅޭ މަޢުލުމާތުތަކާއި އަދި ކޯހާއި ގުޅޭ އިޢުލާނުތައް ހިއްސާކުރުމަށް ކޯހުގައި ބައިވެރިވެލައްވާ ފަރާތްތަކަށް ޓެލެގްރާމް (Telegram) ޤުރޫޕެއް ހެދިގެންދާނެއެވެ. އަދި ކޯހުގެ ކްލާސްތައް ކުރިޔަށްދާނީ މައިކްރޮސޮފްޓް ޓީމްސް (Microsoft Teams) މެދުވެރިކޮށެވެ. ސެޕްޓެންބަރ 30 ވަނަ ދުވަހު މި ކޯހުގެ އޮރިއެންޓޭޗަނެއް ކުރިޔަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި ހަމަމިއާއެކު ކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 7ގައެވެ. އެހެންކަމުން، ހުރިހާ ފަރާތްތައްވެސް ރަޖިސްޓްރޭޝަންގެ ކަންކަން ވީއެންމެ އަވަހަކަށް ނިންމެވުން އެދެމެވެ.
ކޯހުގެ ފީއަކީ ކޮންމެ މަހަކު 150 ރުފިޔާއެވެ. ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ކޯހުގެ ޖާގަ ޔަޤީންކޮށްލުމަށްޓަކައި އޮކްޓޯބަރ މަހުގެ ފީ ދައްކާލަންޖެހިލައްވާނެއެވެ. ރެޖިސްޓާރކުރުމަށްފަހު މިކަމާ ގުޅޭ ޙާއްސަ މެސެޖެއް ރަޖިސްޓާރކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ފޯމް ފުރުމަށްޓަކައި ތިރީގައިވާ "Next" ބަޓަނަށް ފިއްތާލައިގެން ކުރިޔަށްގެންދެވޭނެއެވެ.
މިފޯމު ފުރުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނަމަ އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9850133 އަށް ގުޅުއްވުން އެދެމެވެ.